ވިސްނާލަމާތޯއެވެ؟

ފޭސްބުކަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ ބޮޑު އެއް ސޯޝަލް ނެޓް ވޯކެވެ. ފޭސްބުކް އުފެއްދި ފަރާތުން އެއުފައްދާފައިވަނީ ވަރަށް މުހިއްމު މަޤްސަދެއްގައެވެ. ނަމަވެސް މިހާރަކަށް އައިސް ފޭސްބުކުގެ މަޤްސަދު އޮޅުވާލައި ސިއާސި ގޮތުންނާއި ޒާތީ ގޮތުން މީހުންނާއި ބެހިހަދާކަމީ ވަރަށް ހިތާމަވެރި ކަމެކެވެ. މިގޮތަށް މިކަންތައްތައް ހިނގަމުން ދާކަމަށްވަނީ ނަމަ ޒުވާނުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަތަކާއި އެކުވެރިކަށް ނަފްރަތާއި ރުޅިވެރިކަމަށް ބަދަލުވެ ރަށުގައި ހަމަނުޖެހުން އިތުރުވުމާއިމެދު އެއްވެސް ޝައްކެއްނެތެވެ. މިފަދަ އަމަލުތައް ހުއްޓުވޭނީ ހުރިހާ ޒުވާނުންގެ އެއްބާރުލުން ލިބިގެންނެވެ. ފޭސްބުކުގައި އެއްޗެއް ޕޯސްޓް ކުރުމުގެ ކުރިން އެޕޯސްޓްކުރާ އެއްޗެއްގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާއިމެދު ވިސްނާލަނީ ތީގެތެރެއިން ކިތައްބޭފުޅުންތޯ؟ މުސްކުޅިން ބުނާތީ އަޑު އަހަމެވެ. ބަސްބުނުމުގެ ކުރިން ބަހަކީ ތިމާގެ އަޅެކެވެ. ބަސްބުނުމަށްފަހު ބަހުގެ އަޅަކަށްތިމާވެދެއެވެ. ހަމަ މިމޭރުމުން ފޭސްބުކުގައި އެއްޗެއް ޕޯސްޓް ކުރުމުގެ ކުރިން އެއެއްޗަކީ ތިމާގެ އަޅެކެވެ. ނަމަވެސް އެއެއްޗެއް ޕޯސްޓް ކޮށްލުމާއިއެކު އެއެއްޗެއްގެ އަޅަކަށް ތިމާވެދެއެވެ. އެހެންކަމުން މިކަމާއިމެދު ހުރިހާބޭފުޅުން ވިސްނާ ފިކުރުކޮށްލުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

1 comment:

ތިޔަފަރާތުގެ ހިޔާލު، އަޅުގަނޑުމެންނާ ހިއްސާކޮށްލައްވާ