އެއީވެސް ދުވަހެއް
ރާގު: ގައުމީ މަސްލަހަތަށް ލޯބިކުރާ ގިނަ މީހުން....
ލަވަ ހެދީ: މުހަންމަދު ޢަބުދުއްރަޙްމާން
(ރަފީޢު)
އިރުވައިމޫސުމު ދުވަހެއްގަ މަމެން ކުރި ދަތުރުން
ބިރުވެރި ކަން މިހިތަށް ކުރިމަތިވީ އެރަށުފަރުން
ބިރުވެރި ކަން މިހިތަށް ކުރިމަތިވީ އެރަށުފަރުން
އިއްސޭ އާއި ރަފީ މަޖުދީޔާ ތިންމީހުން
ނަލަނަލަ ވައިގަ ދުވާ ކުޑަކުޑަ ފަރި ބޮއްކުރަލުން
މިސްރާބާއެކު މޫފުށި ފަޅަށޭ ބަނދަރުކުރީ
މޮޅުމޭއްޔާ ބަޓުމުށި މޭލި ނަގަން ފޯރީގާ
ނަލަނަލަ ވައިގަ ދުވާ ކުޑަކުޑަ ފަރި ބޮއްކުރަލުން
މިސްރާބާއެކު މޫފުށި ފަޅަށޭ ބަނދަރުކުރީ
މޮޅުމޭއްޔާ ބަޓުމުށި މޭލި ނަގަން ފޯރީގާ
މެންދުރު ވަގުތުވުމުން ބޮއްކުރަލަށް ދެން މި އަރާ
ތިންރޮއްޓާއި ރިހާކުރު ޖޫހުން ނާސްތާކޮށް
މެންދުރު ފަހުގެ ބުރަށް މާސްކުގަ ފީނަން ފެށުނީ
ކިރުމޭއްޔާ ކަށިމޭއްޔާއި ނަގަން ފޯރީގާ
ތިންރޮއްޓާއި ރިހާކުރު ޖޫހުން ނާސްތާކޮށް
މެންދުރު ފަހުގެ ބުރަށް މާސްކުގަ ފީނަން ފެށުނީ
ކިރުމޭއްޔާ ކަށިމޭއްޔާއި ނަގަން ފޯރީގާ
އިންޖީނެއްގެ އަޑަށް މޫނު ފެނުން ހިއްލާލިން
އިންސާނުންގެ ބަޔަކު ބޮޑު ދޯންޏެއްގާ އައުމުން
ދެންވާ ބިރުދައްކާ ބޮއްކުރަލުގަ ވާ އައްސާ
ކަފުގާ ވަލުގަ ޖަހާ ގެންދިޔައީ ރޮއްވާފާ
އިންސާނުންގެ ބަޔަކު ބޮޑު ދޯންޏެއްގާ އައުމުން
ދެންވާ ބިރުދައްކާ ބޮއްކުރަލުގަ ވާ އައްސާ
ކަފުގާ ވަލުގަ ޖަހާ ގެންދިޔައީ ރޮއްވާފާ
އަހުމަދު އަލިބެ އެކުރި ހިތްވަރަކުން ބިރު ކުޑަކޮށް
ޖެހުނީ ޖެހިލުންވެވި ދާށެ ދުރަށް ފުރަގަސްދީ
އެކުގާ ހަތަރުވެރިން ބޮއްކުރަލުގަ ދެން ދިޔައިރު
އެހެލާ ރަށުގެތެރޭ މުޑި ޖައްސާފާ އެހުރީ
ޖެހުނީ ޖެހިލުންވެވި ދާށެ ދުރަށް ފުރަގަސްދީ
އެކުގާ ހަތަރުވެރިން ބޮއްކުރަލުގަ ދެން ދިޔައިރު
އެހެލާ ރަށުގެތެރޭ މުޑި ޖައްސާފާ އެހުރީ
މޫފުއްޓާއި ގުޅާ އަހުމަދުބޭ ދިން މެސެޖުން
މޫދުން ލާފަގެނެސް އަތަށޭ ހަމަ ދޭން ޖެހުނީ
ކަނޑުލީ މީހުންނަށް ހިތި ޒަހަރޭ ދެން ބޮވުނީ
ލަދުވެތި ކަމުގެ ތެރޭ މޫނު އޮބާލަން ޖެހުނީ
މޫދުން ލާފަގެނެސް އަތަށޭ ހަމަ ދޭން ޖެހުނީ
ކަނޑުލީ މީހުންނަށް ހިތި ޒަހަރޭ ދެން ބޮވުނީ
ލަދުވެތި ކަމުގެ ތެރޭ މޫނު އޮބާލަން ޖެހުނީ
ހިމަންދޫ ކޮމިޔުނިޓީ ބްލޮގަށް މަރުޙަބާ............!!
ReplyDeleteމި ބްލޮގަށް އަހަރެންގެ ލިޔުންތައް ހިމެނުމުގެ ފުރުޞަތު ދިނީތީ ހުޝާމަށް ހިތުގެ އިޚުލާޞްތެރި ކަމާއިއެކު ޝުކުރުވެރިވަމެވެ. އަހަރެން އެދެނީ ހުޝާމްގެ ތި އުފެއްދުންތެރި މަސައްކަތް ދުވަހުން ދުވަހަށް ކުރިއަރަމުން، ތަރައްޤީވަމުން ދިއުމެވެ. އަދި ބްލޮގްގަ ހިމެނޭ ލިޔުންތަކުގެ ސަބަބުން ހިމަންދޫގެ އަޚުންނާއި އުޚުތުންގެ ވިސްނުން ތަރައްޤީވެ، އަދަބީ ރޮނގުންވެސް ކުރިއެރުންތައް ލިބެމުން ދިއުމެވެ.
ރަފީޢު އެންމެ ފުރަތަމަ މި ހިމަނާލަނީ ލަވައެކެވެ. އެއީ މީގެ 17ވަރަކަށް އަހަރު ކުރިން އަހަރެންނާއި، އިސްމާއިލް ޝަރީފާއި، މަޖުދީއާއި 3މީހުން ކުޑަކުޑަ ރިޔަލު ބޮއްކުރަލެއްގަ ހުއިފިލަނޑާ ނަގަން މޫފުށީ ފަޅުމައްޗަށް ދިޔަ ދުވަހަކު ދިމާވި ޙާދިސާއެކެވެ. ކޮންމެ ބޭފުޅަކުވެސް މި ލަވަ ކިޔާލާފަ، ޙާދިސާޔާއިބެހޭގޮތުން ހިތުގަ އުފެދޭ ސުވާލުތަކަށް އިއްސޭއަށްވެސް ޖަވާބު ދެވޭނެ ވާހަކަ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވާލަމެވެ.
ޝުކުރިއްޔާ!
05ޑިސެމްބަރ 2010
އަލް މުޚްލިޞް
މުޙަންމަދު ޢަބުދުއްރަޙްމާން
(ފޯން: 7911069
rappeswim@hotmail.com
މީވަރަށް ފުރިހަމަ ޅެންވެރިކަމެއް އެކުލެވިގެންވާ ލަވައެއް
ReplyDelete