Friday, August 5, 2011

އޭ ޤައުމުގެ މީސްތަކުންނޭވެ

އޭ ޤައުމުގެ މީސްތަކުންނޭވެ!  *މުހިއްމު*
 ޝާއިޢުކުރީ: އުއްމު ސަކީނާ
އޭ ޤައުމުގެ މީސްތަކުންނޭވެ! ވިއްސިވިހާލިވެ ބިކަޙާލު ޖެހިފައިވާ އަހަރެންގެ އަހުލުންނޭވެ! ނެތުމުގެ ތެރެއިން ﷲ ތަޢާލާ އަހަރެން ވުޖޫދަށް ގެންނެވީ ވަރަށް ނިކަމެތި އެއްޗަކުންނެވެ. އަދި އަހަރެންގެ މަލަމަތި އަމާން ކުރައްވަވާ ހިތްފަސޭހަ ކުރެއްވެވީ އަހަރެންގެ އެއްވެސް އާރެއް ބާރެއް ނެތިއެވެ. ވީއިރު ތިޔަބައިމީހުން މިއަދު އަހަރެންގެ މައްޗަށް ވަލު ސިންގާތަކެއް ފަދައިން ވެރިވެނުގަންނާށެވެ. އަހަރެންގެ ހައްޓަކު ދެނެއް ތިޔަ އަނިޔާތައް ބަރުދާސްތު ކުރާނެހާ ހިތްވަރެއް ނެތެވެ. އަދު އަހަރެން މިވަނީ ނުހަނު ބަލިކަށިވެ ވީރާނާވާން ކައިރި ވެފައެވެ. ވިހަ ލޭތަކުން އަހަރެންގެ ހަށީގައި މިވަނީ ކޯރު ދެމިފައެވެ. ދަލާއި ކުނިމިލަތަކުން އަހަރެންގެ ޖިސްމު މިއޮތް ޣަރަޤުވަނީއެވެ. އަހަރެންގެ ވަކިވަކި ގުނަވަންތައް ކޮށާމަށާ މަރާމާތުކުރަންވެސް ތިޔަބައިމީހުން ފަށައިފީމުއެވެ.         އިތުރަށް ވިދާޅުވޭ

Sunday, December 26, 2010

ހިމަންދޫ މައްސަލައިގެ ފޮރުވިފައިވާ ހަޤީގަތް

          ހިމަންދޫ މައްސަލައިގެ ޗެއިނަށް އިތުރުވެގެންދިޔަ އެންމެ ފަހުގެ ބޮޅަކީ 2007 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ސަލްޓަންޕާކުގައި ބޮން ގޮއްވާލި ޙާދިޘާއާ ގުޅުންހުރި މީހުން ހައްޔަރު ކުރުމުގެ ނަމުގައި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ހިމަންދޫގެ ގެތައް ބަލައި ފާސްކޮށް އަދި ބައެއް އަންހެނުން އޮރިޔާންކޮށް ބަލައި ފޮޓޯ ނަގައި ހިންގި އަނިޔާވެރި ލާއިންސާނީ ޙަރަކާތެވެ. މިޙާދިޘާގައި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ހިމަންދޫގެ ނަމާދު ކުރާ މަދު މީހަކު ފިޔާވައި ހުރިހާ މީހުންކަހަލަ ގޮތަކަށް ނަމާދު ކުރުމަށް ބޭނުން ކުރަމުންދާ ﷲގެ ގެ ކަމުގައިވާ މިސްކިތް (މިތަނުގައި ކުރިން ބިނާކޮށްފައިހުރި މިސްކިތް ހިޖުރައިން 1427 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހު ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ތަޅާ ބިމާހަމަކޮށްލުމުން ބިނާކޮށްފައިވާ ދެ ވަނަ މިސްކިތް) ކައިރީގައި ދީނީ ޖޯޝުން ފުރިފައިތިބި މީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ދިވެހި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ފުރިހަމަ ހަތިޔާރާއެކު މިމީހުންނާއި ކުރިމަތިލައި އަނިޔާވެރިކަން ހިންގާފައިވެއެވެ. .  އިތުރަށް ވިދާޅުވޭ

Thursday, December 9, 2010

ނިކަމެތިންނަށް އޯގާތެރިވާށެވެ

ނިކަމެތިންނަށް އޯގާތެރިވާށެވެ. 

ކުޑޭއަކީ މިރަށުގެ ޢާއިލާޔަކަށް މާތްﷲ އުފަންކުރައްވާފައިވާ ޣަރީބުއިންސާނެކެވެ. ކޮންމެ އިންސާނެއްގެ އަތުގެ ފަސްއިނގިލި ފަސްވަރުވެފައިވާ ބީދައިން، މާތްﷲ އެކިއިންސާނުން އުފައްދަވާފައިވަނީ އެކިގޮތްގޮތަށް އެކި ސިފަސިފައިގައެވެ. ބުއްދިވެރީންނާއި ބުއްދި އުނިމީހުންނެވެ. ވިސްނޭމީހުނާއި ނުވިސްނޭމީހުންގެ އިތުރުން، ރުޅިގަދަމީހުނާއި ރުޅިމަޑުމީހުނެވެ. ދޮންމީހުނާއި ކަޅުމީހުންގެ އިތުރުން، ކުޅެދޭމީހުނާއި ނުކުޅެދޭމީހުނެވެ. ކުޑޭއަކީ ކޮންފެންވަރެއްގެ ކޮންކަހަލަ މިޒާޖެއްގެ ނިކަމެތި މީހެއްކަން އެނގި ހުރެ، ނޭނގޭކަމަށް ހަދާލައިގެން އެފަކީރާއި ދިމާކުރަމުންދާ ގިނަބަޔަކު މި ކުޑަކުޑަ ހިމަންދޫގައި އުޅެމުންދާކަމީ ހޭބުއްދިހުރި ކޮންމެމީހަކުވެސް ޤަބޫލުކުރާނޭ ޙަޤީޤަތެކެވެ.      އިތުރަށް ވިދާޅުވޭ

Monday, December 6, 2010

ފެށުމުގެބަސް

މިއީ ހިމަންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި ހިމަންދޫގެ ޒުވާނުންކޮޅެއް އިސްނަގައިގެން ﷲގެ ރަޙުމަތްފުޅާއިއެކު ހިންގާ ބްލޮގެކެވެ. މިބްލޮގް ކުރިޔަށް ގެންދިއުމަށްޓަކައި ތިޔަބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުމެވެ. ތިޔަބޭފުޅުގެ ފާޑުކިޔުމަކީ އަޅުގަނޑުމެންގެ ކުރިއެރުމެވެ.