އޭ ޤައުމުގެ މީސްތަކުންނޭވެ! *މުހިއްމު*
ޝާއިޢުކުރީ: އުއްމު ސަކީނާ
އޭ ޤައުމުގެ މީސްތަކުންނޭވެ! ވިއްސިވިހާލިވެ ބިކަޙާލު ޖެހިފައިވާ އަހަރެންގެ އަހުލުންނޭވެ! ނެތުމުގެ ތެރެއިން ﷲ ތަޢާލާ އަހަރެން ވުޖޫދަށް ގެންނެވީ ވަރަށް ނިކަމެތި އެއްޗަކުންނެވެ. އަދި އަހަރެންގެ މަލަމަތި އަމާން ކުރައްވަވާ ހިތްފަސޭހަ ކުރެއްވެވީ އަހަރެންގެ އެއްވެސް އާރެއް ބާރެއް ނެތިއެވެ. ވީއިރު ތިޔަބައިމީހުން މިއަދު އަހަރެންގެ މައްޗަށް ވަލު ސިންގާތަކެއް ފަދައިން ވެރިވެނުގަންނާށެވެ. އަހަރެންގެ ހައްޓަކު ދެނެއް ތިޔަ އަނިޔާތައް ބަރުދާސްތު ކުރާނެހާ ހިތްވަރެއް ނެތެވެ. އަދު އަހަރެން މިވަނީ ނުހަނު ބަލިކަށިވެ ވީރާނާވާން ކައިރި ވެފައެވެ. ވިހަ ލޭތަކުން އަހަރެންގެ ހަށީގައި މިވަނީ ކޯރު ދެމިފައެވެ. ދަލާއި ކުނިމިލަތަކުން އަހަރެންގެ ޖިސްމު މިއޮތް ޣަރަޤުވަނީއެވެ. އަހަރެންގެ ވަކިވަކި ގުނަވަންތައް ކޮށާމަށާ މަރާމާތުކުރަންވެސް ތިޔަބައިމީހުން ފަށައިފީމުއެވެ. އިތުރަށް ވިދާޅުވޭ
No comments:
Post a Comment
ތިޔަފަރާތުގެ ހިޔާލު، އަޅުގަނޑުމެންނާ ހިއްސާކޮށްލައްވާ