Sunday, December 26, 2010

ހިމަންދޫ މައްސަލައިގެ ފޮރުވިފައިވާ ހަޤީގަތް

          ހިމަންދޫ މައްސަލައިގެ ޗެއިނަށް އިތުރުވެގެންދިޔަ އެންމެ ފަހުގެ ބޮޅަކީ 2007 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ސަލްޓަންޕާކުގައި ބޮން ގޮއްވާލި ޙާދިޘާއާ ގުޅުންހުރި މީހުން ހައްޔަރު ކުރުމުގެ ނަމުގައި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ހިމަންދޫގެ ގެތައް ބަލައި ފާސްކޮށް އަދި ބައެއް އަންހެނުން އޮރިޔާންކޮށް ބަލައި ފޮޓޯ ނަގައި ހިންގި އަނިޔާވެރި ލާއިންސާނީ ޙަރަކާތެވެ. މިޙާދިޘާގައި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ހިމަންދޫގެ ނަމާދު ކުރާ މަދު މީހަކު ފިޔާވައި ހުރިހާ މީހުންކަހަލަ ގޮތަކަށް ނަމާދު ކުރުމަށް ބޭނުން ކުރަމުންދާ ﷲގެ ގެ ކަމުގައިވާ މިސްކިތް (މިތަނުގައި ކުރިން ބިނާކޮށްފައިހުރި މިސްކިތް ހިޖުރައިން 1427 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހު ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ތަޅާ ބިމާހަމަކޮށްލުމުން ބިނާކޮށްފައިވާ ދެ ވަނަ މިސްކިތް) ކައިރީގައި ދީނީ ޖޯޝުން ފުރިފައިތިބި މީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ދިވެހި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ފުރިހަމަ ހަތިޔާރާއެކު މިމީހުންނާއި ކުރިމަތިލައި އަނިޔާވެރިކަން ހިންގާފައިވެއެވެ. .  އިތުރަށް ވިދާޅުވޭ